ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ެމެޓުން މި އެލާޓް ނެރުނީ، ނ އަތޮޅުން ފެށިގެން، ލ އަތޮޅަށެވެ. އެލާޓުގެ ވަގުތަކީ ހެނދުނު 10:15 ‏އިން ފެށިގެން ހަވީރު 4:00 އަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި، ގުގުރުމުގެ އިތުރުން، ވިލާގަނޑުގައި، ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ނ އަތޮޅުން ށ އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާއިރު، އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.