ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް ރީނދޫ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މި އެލާޓް ނެރެފައި ވަނީ ރ އަތޮޅުން ފެށިގެން ތ އަތޮޅަށެވެ. އެލާޓުގެ ވަގުތަކީ މިއަދު 11:30 އިން 15:30 އަށެވެ.
މި ވަގުތުތަކުގައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

މެޓް އޮފީހުން ހިއްސާ ކުރި އެލާޓުގެ މައުލޫމާތު
އަންނަ ހޮނިހިރު ދުވަހާ ހަމައަށް، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މެޓުން މީގެ ކުރިން އިލްތިމާސް ކުރިއެވެ.
ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މިއަދު 16:00އާ ހަމައަށް ނ އަތޮޅުން ފެށިގެން ލ އަތޮޅަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ.

