ހުޅުމާލޭގެ ފޭސް ޓޫގައި ހުރި ޓްރާންސްފޯމަރަކަށް ގެއްލުންދީ، އޭގެން ވައްކަންކުރަން އުޅުނު މީހަކު ސްޓެލްކޯގެ މުވައްޒަފުން ހިފަހައްޓައިފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، މިކަމާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
ނަމަވެސް، ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ޓްރާންސްފޯމަރަށް ގެއްލުންދިން މީހާ ސްޓެލްކޯ މުވައްޒަފުންނަށް ރެންޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޓްރާންސްފޯމަރަށް ގެއްލުންދީ މާރާމާރީ ހިންގި ފަރާތް ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ހުޅުމާލެއިން ޓްރާންސްފޯމަރު ވަގަށް ނެގުމަށް މަސައްކަތް ކޮށްފައިވެއެވެ.


ފުލުހުންނަށް ފޭސް 2 ގެ ޓްރާންސްފޯރމަރު ނުބެލެހެށްޓުނު. ދެރަ ވަރު. ކިއްކުރާ ބައެއްތޯ މުސާރަ ނަގައިގެން. ލަދުން ބޯހަލާކު.