ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އަތުލައިގެންފައި ވަނީ ލަންކާގެ މަސްބޯޓެއް ކަމަށާއި، އެ ބޯޓުގައި 6 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެނ އަދި އެ މީހުން މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ދިނެވެ.