މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ވ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މި އެލާޓް ނެރުނީ، މިއަދު ހެނދުނު 10:00 އިން ހަވީރު 4:00އަށެވެ.
މެޓް އޮފީހުން ބުނީ، އެލާޓްގެ ވަގުތުގައި ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.

