ޓިކްޓޮކްގައި ހަޑި ހުތުރު އެއްޗެހި ގޮވައި ޒުވާބު ކުރާ މީހުން މާތް ރަސްކަލާނގެއަށް ބިރުވެތިވެ، އެކަންކަން ހުއްޓާލުމަށް އަލީ ރަމީޒު ގޮވާލައިފިއެވެ.

އަދި ރަމީޒް ކުރި ޕޯސްޓެއްގައި ބުނީ ޓިކްޓޮކާއި އެހެނިހެން ޕްލެޓްފޯމްތަކުގައި އެކަކު، އަނެކަކާ ދިމާލަށް، ދުލަށް އައިހާ ހަޑި ހުތުރު އެއްޗެހި ގޮވައި ޒުވާބު ކުރަމުންދާ އެންމެން މާތް ރަސްކަލާނގެއަށް ބިރުވެތިވެ، އެކަން ހުއްޓާލުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

”އެކަމުގައި އެ މީހުންނަށް ހިތްވަރުދީ އެ ލައިވްތަކާއި އެ ހަޑި މުޑުދާރު ވީޑިއޯތައް އާންމުންގެ ތެރޭގައި ފެތުރުން ހުއްޓާލައި މި އިސްލާމީ މުޖްތަމައުގެ ލަދުވެތިކަމާއި ގީރަތްތެރިކަމުގެ ފޭރާން ވީދައި ފުނޑުފުނޑުވާ ފަދަ އެންމެހާ އަމަލުތައް ހުއްޓާލުމަށް ނަސޭހަތްތެރިވަން.“ އަލީ ރަމީޒު ވިދާޅުވިއެވެ.

އަލީ މިހެން ބުނިއިރު، ޓިކްޓޮކްގައި ޒުވާބު ކުރުމާއި، އާއްމު އިޖްތިމާއީ މިންގަނޑާ ހިލާފު ވާހަކަތައް ދެއްކުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިފަދަ އަމަލުތައް އިތުރުވެފައިވާތީ، ޓިކްޓޮކް ބޭން ކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ.