ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ގދ. ހޯޑެއްދޫ، އުފަބް، ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޝުއައިބަކީ ރާއްޖޭގެ ހައި ކޯޓުގައި 11  އަހަރަށްވުރެ، ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އުމުރުފުޅުން 55 ތިން އަހަރުގައި އަވަހާރަވީ އިއްޔެ ހަވީރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ޝުއައިބު އަވަހާރަވުމުން ރައީސް މިރޭ އެކްސްގައި ވިދާޅުވީ ޖަސްޓިސް (ރިޓަޔަޑް) އަލްއުސްތާޒު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ، ދިވެހި ގައުމަށް އަދި ވަކީން ހާއްސަކޮށް ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

”އެމަނިކުފާނު ވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރު ކަމުގައި ގައުމަށް މުހިންމު ހިދުމަތްތަކެއް ކުރައްވާފަ. ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާ ކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައިވެސް އެމަނިކުފާނަކީ ހާއްސަ ހުދުމަތްތެރިއެއް،“ ރައީސްގެ ޕޯސްޓުގައިވެއެވެ.

ޝުއައިބު ހުސައިން ޒަކަރިއްޔާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް ރައީސް ވަނީ ދުއާ ކުރައްވާފައެވެ.

ޝުއައިބު ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ގިނަ މަގާމު ތަކެއް ފުރުއްވާފައެވެ.