މާލޭ ގެއެއްގައި ގެންގުޅޭ ނޭޕާލް އަންހެނަކު އެގޭގައި އުޅޭ އުމުރުން އެންމެ ތިން އަހަރުގެ ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލަ ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެ މެއިޑު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅޭ އިތުރު މައުލޫމަތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.