ފާއިތުވި 10 ވަރަކަށް އަހަރުގެތެެރޭގައި އެރި އެންމެ ބާރުގަދަ އެއް ތޫފާން ”ނަންމަޑޯލް“ ޖަޕާނަށް އަރައި، ގެއްލުންތަކެއް ލިބިއްޖެއެވެ.

Ads by Asuru

އާދިއްތަ ދުވަހު އެރި މި ތޫފާނާ ގުޅިގެން ފެންބޮޑުވުމުގެ ހާދިސާތަކާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފާނެ ކަމުގެ އިންޒާރު، ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެެވެ. ބީބީސީއިން ބުނީ، ތޫފާނުގެ ސަބަބުން މިހާތަނަށް ދެ މީހަކު މަރުވެފައިވާއިރު، 100އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އާދިއްތަ ދުވަހުން ފެށިގެން، މިއަދާ ހަމައަށް 140،000 ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެެެއެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ތޫފާނުގެ ބާރު ދަށްވަމުންދާނެ ކަމަށް އޮފިޝަލުން ހާމަކުރެއެވެ.

ކެޓަގަރީ ހަތަރެއްގެ މި ތޫފާން އަރައިގެން އައިިއިރުގައި، ގަޑިއަކު 145 މޭލަށް ވައި ޖެހިފައިވެެެއެވެ. މިކަމުގެ ސަބަބުން ދަތުުރުފަތުރަށްވެސް ބުރޫ އަރައި، ދަތުރުކުރުން މެދުކަނޑާލަންވެސް ޖެހުނެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު، މިއަހަރު މިފަދަ އިތުރު ތޫފާންތައް އަރާނެ ކަމަށް ސައިންޓިސްޓުން ލަފާ ކުރެއެވެ.