ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރ.ރަސްގެތީމު ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އެމަނިކުފާނު އެ އޮފީސް ހުޅުވައިދެއްވީ، ރ އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ވަޑައިގެންނެވެ.
ރަސްގެތީމުގެ އައު ކައުންސިލް އޮފީސް ހުޅުވައިދެއްވިއިރު، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހެކްސްޓާ މޯލްޑިވްސްއާ ހަވާލުކޮށްގެން ކައުންސިލްތައް އިމާރާތް ކުރާ ރަށްތަކާއި ޗައިނާގެ އެހީގެ ދަށުން ކައުންސިލްތައް އިމާރާތް ކުރަން ނިންމާފައިވާ ރަށްތަށް ސަރުކާރުން އިއްޔެ ވަނީ އިއުލާނުކޮށްފައެވެ.
އެގޮތުން ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހެކްސްޓާ ގްލޯބަލްއާ ހަވާލުކޮށްގެން ކައުންސިލް އިމާރާތް އަޅަން ނިންމާފައި ވަނީ 55 ރަށެއްގައެވެ.
ޗައިނާގެ އެހީގައި ކައުންސިލްތައް އިމާރާތް ކުރަން ނިންމާފައި ވަނީ ރާއްޖޭގެ 50 ރަށެއްގައެވެ.

ހާލަތު ދަށް ކައުންސިލް އޮފީސްތަކަށް އައު އޮފީސް ގާއިމުކޮށްދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

