ރ.އަތޮޅުގައި އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.

އެ އަތޮޅުގައި މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ އުނގޫފާރުގައި ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު، އަލީ އިހުސާނެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ދިވެހި ޕާސްޕޯޓުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން، މިރޭ ރ. އުނގޫފާރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރ. އަތޮޅުން ޕާސްޕޯޓުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވާފައި ކަމަށެވެ.

އެ އިދާރާއިން ބުނީ، މާދަމާއިން ފެށިގެން ”އިމުގާ“ މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް ރ.އުނގޫފާރުން ނެގުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށެވެ.