މައްސަލަތައް ހައްލު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްކުރެއްވީ ކެތްތެރިކަން ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް މުއިއްޒުއާއި ވެރިކަން ހަވާލުވިއިރު ގައުމުގެ މާލީ ނިޒާމު ވަނީ އަނދަވަޅެއްގައި ކަމަށެވެ.
”ދަރާވިކި، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިންގުން އެ ފުށް މިފުށަށްޖެހިފަ. މައްސަލަތައް ހައްލުކުރުމުގައި އެމަނިކުފާނު އިސް ކުރެއްވީ ކެތްތެރިކަން. ބުރަމަސައްކަތް.“
ސައީދު ވިދާޅުވި ގޮތުގައި، ރައީސްއަށް އިތުރުވީ ރައްޔިތުންގެ ލޯތްބާއި އިހްތިރާމެވެ. 

ި