މާދަމާއިން ފެށިގެން ހޮނިހިރު ދުވަސްތަކުގައި ވެސް ދެން ޕާސްޕޯޓު ދޫކުރާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު މިއަދު ވިދާޅުވީ، މީގެކުރިން ޕާސްޕޯޓު ދޫކުރަމުންއައީ ހަމައެކަނި ރަސްމީ ދުވަސްތަކުގައި އެކަނި ކަމަށެވެ.
ނަމަވެސް، މާދަމާއިން ފެށިގެން ހޮނިހިރު ދުވަހު ވެސް ޕާސްޕޯޓު ދޫކުރާނެ ކަމަށާއި މާލެ ސަރަހައްދުގައި ހިމެނޭ އިމިގްރޭޝަންގެ ތިން އޮފީހަކުން ކޮންމެ ހޮނިހިރު ދުވަހެއްގައި ވެސް ޕާސްޕޯޓު ދޫކުރާނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.
އެގޮތުން ވެލާނާގެ އެއްވަނަ ފަންގިފިލާއިންނާއި އުމަރު ޒާހިރު ބިލްޑިންގެ އިތުރުން ވިނަރެސް ޓަވަރު ދޭއްގެ އެއްވަނަ ފަންފިލާގައި ހުންނަ އޮފީހުން ޕާސްޕޯޓު ދޫކުރާނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.
ޝައްމާން ވިދާޅުވީ މީގެ މަގުސަދަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދާ އެއްގޮތަށް، ހިދުމަތް ދޭ ވަގުތު އިތުރުކޮށް، ރައްޔިތުންނާ ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
މި ބަދަލާއެކު ވެސް ސިއްހީ ކުއްލި ހާލަތެއްގައި ރާއްޖެއިން ބޭރަށް ދާ މީހުންނަށް ކުރިއެކޭ ވެސް އެއްގޮތަށް 24 ގަޑިއިރު ހިދުމަތް ލިބޭނެކަމަށް ކޮންޓްރޯލާ ޝައްމާން ފާހަގަކުރެއްވިއެވެ.
އައިޑީ ކާޑާއި ޕާސްޕޯޓު ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

