އަނިޔާތަކެއް ލިބިފައިވާ މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ފުލުހުން މބުނީ އަނިޔާތަކެއް ލިބިފައިވާ މީހަކު އައިޖީއެމްއެޗަށް ރޭ 11:40 ހާއިރު ގެންގޮސްފައިވާ މައްސަލަ އެއިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލާއި އެމީހާއަކީ ކޮން ޤައުމަކަށް ނިސްބަތްވާ މީހެއްކަންވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

