މުޑުދާރު ފިލްމުތައް ކުޅުމާއި، މިއުޒިކް ކުޅުމުން ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެ ކަމަށް ސަލަފް ޖަމުއިއްޔާގެ ކުރީގެ މެމްބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ އަލީ މިހެން ބުނީ، ފިލްމު ކުޅޭ ނިއުމާ މުހައްމަދު، ”ހާލުގައި ޖެހިގެން“ މާލެ ދޫކޮށް ދިޔުމާ ގުޅިގެންނެވެ.
އަލީ ވިދާޅުވީ، ފިލްމު ކުޅުމާއި، މިއުޒިކް ފަދަ، ދީނުގައި ހަރާމް ކުރައްވައިފައިވާ މަސައްކަތްތަކުން ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެކަން ތަކުރާރުކޮށް ހަނދާން ކޮށްދެއްވާ ކަމުގައެވެ.
އެފަދަ މަސައްކަތްތަކުން މީހުންގެ އިހްތިރާމާއި، ލޯބި ލިބޭ ކަމަށް ހީކުރެވުމަކީ އަހަރުމެންގެ ކޮށި ބުއްދިއަށް ޝައިނާތާ ވައްދައިދޭ ވަސްވާސްތަކެއް ކަމަށް ވެސް އަލީ ވިދާޅުވިއެވެ.
”ހާލުގައި ޖެހޭ ދުވަހު އެއްކަލަ ”ލޯބި“ވީ އެކަކު ވެސް ނުހުންނާނެ އެހީތެރިވާކަށެއް. އެއީ ކީއްވެ؟ އެއީ އެމީހުން އެވީ ހަގީގީ ލޯބިކަމުގައި ނުވާތީ.“ އޭނާ ވިދާޅުވިއެވެ.
އަލީ ވަނީ ނިއުމާއަށް ނަސޭހަތެއް ވެސް ދެއްވައިފައެވެ. އެއީ ފިލްމީ މަސައްކަތުން ދުރުވެ، ތައުބާވެ، އިއްފަތްތެރި މުސްލިމެއްގެ ގޮތުގައި ހަޔާތުގެ ބާކީ ބައި ހޭދަ ކުރުމަށް ދެއްވި ނަސޭހަތެކެވެ. ފަލާހާއި ކާމިޔާބު ހާސިލުވާނީ، އެފަދައިން އަމަލުކޮށްގެން ކަމުގައި ވެސް އަލީ ވިދާޅުވިއެވެ.
ނިއުމާ މާލެ ދޫކޮށް ބަދަލުވީ، ފ.ނިލަންދޫ އަށް ކަމަށް ”މިހާރު“ ނޫހުން ވަނީ ބުނެފައެވެ. ނަމަވެސް ”ވަގުތު“ ނޫހުން ބުނީ އޭނާ ބަދަލުވީ ހުޅުމާލެއަށް ކަމަށެވެ.
”

