އަމިއްލައަށް ކައްކައިގެން ކެއުމަކީ ލިބޭ ހިތްހަމަޖެހުމަކަށް ވާފަދައިން، އަމިއްލައަށް ހެދުމެއް ފަހައިގެން ލުމަކީވެސް ވަރަށް ”ސަޅި“ ކަމެކެވެ.

Ads by Asuru

ފެހުމަކީ އެކަމަށް ވަގުތު ދީގެން ކުރާނަމަ، ވަަރަށް ރަނގަޅު އާމްދަނީއެއްވެސް ލިބޭ މަސައްކަތެއް ކަމަށް މި މަސައްކަތް ކޮށްއުޅޭ މީހުން ބުނެއެވެ.

މިކަން ކާމިޔާބުކަމާއެކުގައި ކުރެވެން އޮތީ، ހުނަރުވެރި ފެހުންތެރިޔަކަށްވެސް ވެގެންނެވެ. ކިރިޔާ ފަހަން އެނގުނަސް، އަލަށް ދަސްކުރެވިދާނެ ކިތަންމެ ކަމެއް ހުންނާނެކަން ޔަގީނެވެ. މިކަން ކޮށްދެވޭނީ ތަޖުރިބާކާރު ފެހުންތެރިޔަކަށެވެ. ފަހަން ދަސް ކުރަން ބޭނުންވާ މީހުންނަށް މިއޮތީ ވަރަށް އުފާވެރި ޚަބަރެކެވެ.

27 އަހަރު ފެހުމުގެ މަސައްކަތްކޮށް، އެތައް ބަޔަކަށް ރީތި ހެދުންތަކެއް ފަހާދީފައިވާ ފާތިމަތު އީރާ ޝަކީލް އަނެއްކާވެސް ވަރަށް އަވަހަށް ފަހާ ކޯސް އެބަ ފަށައެވެ. އޭނާ ފަހަން ދަސްކޮށްދެމުން އަންނަތާ 11 އަހަރު ވަނީ ވެފައެވެ.

 

އީރާ ކަލެކްޝަނުގެ ވެރިޔާ، ފާތިމަތު އީރާ ޝަކީލު-

”އީރާ ކަލެކްޝަން“އިން ފަހަން ދަސްކޮށްދޭ ކޯސްތައް އަތޮޅުތެރޭގެ އެކި ރަށްތަކުގައި މީގެ ކުރިން ހިންގާފައިވާއިރު، މިފަހަރުވެސް ކޯސް ހިންގަން ހަމަޖެހިފައި މިވަނީ ހުޅުމާލޭގެ ފޭސް2ގައެވެ.

 

އީރާ ކަލެކްޝަނުން ހިންގި ފަހާ ކޯހެއްގެ ތެރެއިން–

 

އެގޮތުން ފޭސް2ގައި އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާ ކޯހާ ގުޅޭގޮތުން ”އަސުރު އޮންލައިން“އަށް މައުލޫމާތު ދެމުން އީރާ ކަލެކްޝަނުން ބުނީ މި ކޯހުގެ މުއްދަތަކީ 25 ދުވަސް ކަމަށާއި ފީ އަކީ އެންމެ 3،000 ރުފިޔާ ކަމަށެވެ. ކޯސް ކުރިއަށް ގެންދަނީ ބޭސިކް އަދި އެޑްވާންސް އެކުގައެވެ. އެހެންކަމުން ރޮދި ލައްވާލަން ނޭނގޭ މީހާއަށްވެސް އެންމެ 25 ދުވަސްތެރޭގައި މޮޅަށް ފަހާ މީހަކަށް ވުމުގެ ފުރުސަތު މިވަނީ ލިބިފައެވެ.

 

އީރާ ކަލެކްޝަނުން މީގެ ކުރިން ހިންގި ފަހާ ކޯހެއްގެ ބައިވެރިންތަކެއް–

ކޯސް ހިންގަން ހަމަޖެހިފައިވާ ގޮތް:

ކޮންމެ ކްލާހެއްގައި ހަ ޖާގަ އިންނައިރު، ކޯސް ކުރިއަށްގެންދާނެ ގަޑިތަކަކީ:

ހެނދުނު 10:00އިން 12:00އަށް

މެންދުރު 2:00އިން 4:00އަށް

ހަވީރު 4:00އިން 6:00އަށް

ރޭގަނޑު 7:00އިން 9:00އަށް

ރޭގަނޑު 9:00އިން 11:00އަށް

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، 25 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި އުނގަންނައިނުދޭނެ ހަމައެކަނި ދުވަހަކީ ހުކުރު ދުވަހެވެ.

ތިރީގައި މި ހިއްސާކޮށްލަނީ މީގެ ކުރިން އީރާ ކަލެކްޝަނުގެ ފަހާ ކޯހުގައި ބައިވެރިވި ބައެއް ފަރާތްތަކުން ދީފައިވާ ”ރިވިޔު“ތަކެކެވެ.

 

 

އީރާ ކަލެކްޝަނުން ބުނީ ނޮވެމްބަރުމަހުގައި ވަަރަށް ހާއްސަ ކޯހެއް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. މި ކޯހުގައި 30 ފަރާތަކުން ބައިވެރިވެއްޖެނަމަ، ވަނަ ހޮވައި، ހާއްސަ އިނާމުތަކެއްވެސް ދޫކޮށްލާނެއެވެ.

އެގޮތުން އެއްވަަނައަށްދާ ފަރާތަށް ކޯހުގެ ފީ އަނބުރާ ދޭއިރު، ދެވަނަ ފަރާތަށްވެސް ވަރަށް ހާއްސަ ހަދިޔާއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އަދި ސިއްރެކެވެ. ތިންވަނައަށްދާ ފަރާތަށް ލިބެނީ އީރާ ކަލެކްޝަނުންދޭ ހެދުމެކެވެ.

 

އީރާ ކަލެކްޝަނުން މީގެ ކުރިން ހިންގި ފަހާ ކޯހެއްގެ ބައިވެރިންނާއެކުގައި–

 

ފެހުމުގައި ލިބިފައިވާ ތަޖުރިބާއާއެކު އީރާ ކަލެކްޝަނުން ވަނީ ލ.ފޮނަދޫ، ޅ.ހިންނަވަރު، ކ.މާފުށި، ހދ.ކުޅުދުއްފުށި އަދި މ.މުލަކުގައިވެސް ކޯސްތައް ހިންގައި، އެތައް ބަޔަކަށް ފަހަން ދަސްކޮށްދީފައެވެ. މިހާރުވެސް ބައެއް ރަށްރަށުގައި ކޯސް ހިންގުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އީރާ ކަލެކްޝަނުން ބުނެއެވެ. އީރާ ކަލެކްޝަނުގެ ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ލަސްނުކޮށް 7751177އަށް ގުޅައިގެން ނަން ނޯޓު ކުރާށެވެ.