ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މެޓް އޮފީހުން، ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި އެލާޓް ނެރެފައިވަނީ ފުވައްމުލަކު ސިޓީއިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ.

މި އެލާޓް މިއަދު ހަވީރު 17:30 އިން ފެށިގެން މިރޭ 22:00 އާއި ދެމެދުގެ ވަގުތަށެވެ.

މެޓުން ބުނީ އެލާޓުގެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާ، އަދި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.