ފ އަތޮޅުން ފެށިގެން ގދ އަތޮޅަށް ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.
މި އެލާޓުގައު ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާ ކުރޭވޭ ކަމަށް ވެސް ލަފާ ކުރެވެއެވެ.
މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން މިއަދުގެ ހަވީރު 17:00 އާއި ހަމަ އަށެވެ.

