ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫންގެ އަރިހަށް، އިންޑިއާގެ ހައި ކޮމިޝަނަރު ބާލަސުބްރަމާނިއަން އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މި ޒިޔާރަތުގައި ދެ ގައުމުގެ ދެމެދު ދިފާއީ ރޮނގުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ޣައްސާން ދާދިފަހުން ވަނީ އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ތަމްރީނާއި ތައުލީމު ހޯދުމާއި ދެ ގައުމު ގުޅިގެން މަސައްކަތްތަކެއް ކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ޣައްސާންގެ އިތުރުން ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލު ވެސް ދާދިފަހުން އިންޑިއާ ދަތުރުފުޅެއް ކުރައްވާފައިވެއެވެ.