މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފު އަބްދުއްރަހުމާން ޔޫސުން އައްޔަނު ކޮށްފިއެވެ.

ޝަރީފު މި މަގާމަށް އައްޔަންކުރުމާއި ގުޅިގެން އެމްޓީސީސީން ވަނީ މަރުހަބާ ކިޔާފައެވެ.

އޭނާ ވަނީ ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ ނަން-އެގްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ޝަރީފު އެ މަގާމާ ހަވާލުވީ 2021ވަނަ އަހަރުގެ ސެޕްޓެންބަރު 16ގައެވެ.

އެމްޓީސީސީގެ ވެބްސައިޓުން ދައްކާ ގޮތުގައި ސަރުކާރުން އައްޔަންކޮށްފައިވާ މެމްބަރުންގެ ގޮތުގައި ތިއްބެވީ އެމްޑީ އަހުމަދު ސައުދީއާއި، ޑީއެމްޑީ މުހައްމަދު ޖަމްޝީދުގެ އިތުރުން ދެ ޑިރެކްޓަރުން ކަމަށްވާ އަލީ ނާއިލާއި ސިނާން އަލީއެވެ.