ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ވަޑައިގަންނަވާނީ ހއ.މުރައިދޫއަށެވެ.
މި ދަތުރުފުޅުގައި ހއ އަތޮޅުގެ ކައުންސިލްތަކާއި، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީ ތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ހއ އަތޮޅުގެ ބައެއް ރަށްތަކުގެ ރައްޔިތުންނާއި މުހާތަބުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
ރައީީސް މުއިއްޒު ދާދި ފަހުން ވަނީ ރ.އަތޮޅުގެ 11 ރަށަކަށް ދަތުރުފުޅު ކުރައްވައިފައެވެ.

