ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ، ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ހަށި ވިއްކި ވިއެޓްނާމުގެ ހަތަރު އަންހެނުންނާއި އެމީހުންގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ފިރިހެނެއް ކަމަށެވެ.
ފަސް މީހުންގެ ތެރެއިން އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރި ފިރިހެން މީހާ އާއި ތިން އަންހެނުން ރާއްޖޭގައި އުޅެމުންދިޔައީ ވޯކް ވިސާގައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އަދި އެމީހުންގެ ތެރެއިން އެއް އަންހަކު މިހާރު ޑީޕޯޓު ކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ދެން ތިބި މީހުން ވެސް ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

