ހއ. ދިއްދޫގައި އައިޑީ ކާޑުގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެ ހިދުމަތް އެ ރަށުގައި އިފުތިތާހުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ދިއްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގެ ތެރޭގައެވެ.

ދިއްދޫގައި އައިޑީ ކާޑުގެ ހިދުމަތް ފައްޓަވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

ރަށްރަށުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން އެ ހިދުމަތް މިދިޔަ އަހަރު އެންމެ ފުރަތަމަ ތައާރަފުކުރީ ގއ. ވިލިގިނލީގައެވެ.