އާބަދީ މަދު ވިޔަސް، ހަމަ ހަމަ ކަމާއެކު ހިދުމަތް ދިނުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހއ. އަތޮޅުގެ 10 ރަށަކަށް އެމަނިކުފާނު ފައްޓަވައިފައިވާ ދަތުރުފުޅުގެ ތެރެއިން، މިއަދު އެ އަތޮޅު ތަކަންދޫ އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީީސް ވިދާޅުވީ، އާބާދީ މަދު ވިޔަސް، ތަކަންދޫ އަކީ ރާއްޖޭގެ ތާރީހު ހިމާޔަތް ކުރަން ބަލާއިރު ވެސް މުހިންމު ރަށެއް ކަމަށާއި، ތާރީހީ ގޮތުން ބަލާއިރު އެ ރަށަށް ތަފާތު ކަމެއް ލިބިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ތަކަންދޫގައި ހުރި އާސާރީ ބިނާތައް ރައްކާތެރިކަމާއެކު، ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
ގައުމީ ދުވަހާ ގުޅިގެން، އެ ރަށުގެ ތާރީހީ ތަންތަނާ ގުޅޭ މަޢުލޫމާތު، ތާރީހު ދިރާސާ ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ހޯދޭނެ ގޮތަށް ކަންކަން ބައްޓަން ކުރަން ރާއްވަވައިފައިވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

