ހުޅުމާލޭގެ އެޕާޓްމަންޓެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަކުއްޖަކު ފިހުނު މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ 13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ފަރުވާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އެ ކުއްޖާ އަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގި ގޮތް ބެލުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ފިހުނީ، ގޭސް އުނދުން ޖެއްސުމަށް ފަހު ލައިޓަރުން އުނދުން ރޯކުރި ވަގުތުއެވެ.