ހއ. އިހަވަންދޫގެ ހޮސްޕިޓަލު އިމާރާތް ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފިއެވެ.
މިއަދު ހަވީރު އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ވަޒީރު މުހައްމަދު ނާޒިމް އިބްރާހިމް ސޮއިކުރެއްވިއިރު، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަމަށާއި ހޮސްޕިޓަލް އިމާރާތް އެޅެން ދެން، ހިދުމަތްތައް ރަނގަޅު ފެންވަރަކަށް ގެނައުމަކީ ކުރާނެ ކަމެއް ކަަމަށެވެ.
އެގޮތުން ރޯދަ މަސް އަންނަން ވާއިރަށް ރަށުގައި ޑަޔަލެސިސްގެ ހިދުމަތް ގާއިމުކުރާނެ ކަމަށް ވިދާޅުވިއެވެ.

