ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ މަންމަ ނިޔާވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދުގެ ލޮބުވެތި މަންމަ، ޟަމީރާ އުމަރު އަވަހާރަވުމުގެ ފުން ހިތާމައިގާ ބައިވެރިވެވަޑައިގަންނަވާކަމަށެވެ.

އަދި ރައީސް ސޯލިހުގެ ދެކަނބަލުންނަށާއި އާއިލާއަށް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސް ވަނީ މަރްޙޫމާ ޒަމީރާ އުމަރަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައި، ތަނަވަސް ރަހްމަތާއި އޯގާވަންތަކަމުގައި ތާއަބަދުމެ ލެހެއްޓެވުން އެދި ދުއާ ކުރައްވާފައެވެ.

ޟަމީރާ ނިޔާވީ އުމުރުފުޅުން 82 އަހަރުގައެވެ.