ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުން އެދޭ ގޮތަށް، އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.
ހިރިމަރަދޫގެ އާބާދީ 293 އެވެ. އެއީ 157 ފިރިހެނުންނާއި، 136 އަންހެނުންނެވެ. މިއީ، ހދ އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަށެވެ.
އެ ރަށު ކައުންސިލުން މީގެ ކުރިން ވަނީ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން ވެސް އެދިފައެވެ.

