އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގެ ސަރޖަރީތައް ހުއްޓާލާފައިވާކަމަށް ސޯޝަލް މީޑިއާގައި ފަތުރެމުންދާ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.
އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުގެ އެއްވެސް ސަރޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ.
އަދި އާއްމު ރައްޔިތުންނަށް އޮޅުންއަރާ ގޮތަށް، މިފަދަ ހަގީގަތާ ހިލާފު މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ، އެކަން ކުށްވެރިކޮށް ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމަށް ވެސް އައިޖީއެމްއެޗުން ވަނީ ނަސޭހަތްރިވެފައެވެ.

