ރާއްޖޭގައި ހިންދޫ ދީނުގެ ފެސްޓިވަލެއް ކަމަށްވާ ”ޕޮންގަލް“ ބާއްވަން އުޅެނިކޮށް، ފުލުހުން އެކަން ހުއްޓުވައިފިއެވެ.
މި ފެސްޓިވަލް ރާއްޖޭގައި ބޭއްވުމަށް ނިންމާފައި އޮތީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެ ފެސްޓިވަލް އިންތިޒާމު ކުރުމުގައި އުޅުނު ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަމަށެވެ.
އަދި އެ ފެސްޓިވަލް މިހާރު ކެންސަލް ކޮށްފައިވާ ކަމަށް އިންތިޒާމު ކުރި ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މިފަދަ ހަރަކާތްތައް ހިންގާނަމަ ދިވެހި ފުލުހުންގެ ހިދުމަތުން އެކަން ހުއްޓުވާނެ ކަމަށެވެ.

