މޯލްޑިވްސް ޕޯޓްސް ލިމިޓެޑް( އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހ. ހަބަރުގެ، މުހައްމަދު ރިޝްވާން އައްޔަނު ކުރައްވައިފިއެވެ.
އެމްޕީއެލްގެ އެމްޑީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހީމް މަގާމުން ވަކި ކުރުމާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކި ކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަންކުރެއްވި ރިޝްވާން މީގެ ކުރިން ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯކަން ކުރައްވާފައެވެ.
ރިޝްވާން ވަނީ ސިފައިންގެ އަދި ފުލުހުންގެ ވަޒީފާގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

