ސެޑޮކް ޖޯން ބޮޑުވީ ޓެންޒޭނިއާގެ މަގުތައް މަތީގައި އެކި ގޭންގު ތަކާއެކުގައެެވެ. ގޭގެއިން ވައްކަން ކުރަމުން އުޅުނުއިރު، ފުޓްބޯޅަވެސް ކުޅެ އުޅެނީ އޭނާގެ ރައްޓެހި ގޭންގު މެމްބަރުންނާއެކުގައެވެ.

Ads by Asuru

އޭނާގެ ބައްޕަ އަކީ މުއްސަނދި މީހެކެެވެ. އެހެންނަމަވެސް ގެ ދޫކޮށް ޖޯން ދިޔައީ އޭނާ ބޭނުން ގޮތަކަށް ނޫޅެވޭތީއެވެ. މަގުމަތީގައި ކަމެއް ނެތިފައި އުޅުނު ޖޯން ވަނީ ވޯލްޑްކަޕްގައި އޭނާގެ ގައުމު ތަމްސީލު ކުރުމާ ހަމައަށް އާދެވުނު ގޮތް ކިޔައިދީފައެވެ.

ޖޯންގެ ބައްޕައާއި ބޭބެ އަކީވެސް ފުޓްބޯޅަ ކުޅުނު ބައެކެވެ. އޭނާގެ ބައްޕަ އަކީ އެމީހުން ދިރިއުޅުނު އަވަށުގެ ސިފައިންގެ ޓީމުގެ ގޯލް ކީޕަރެވެ. ޖޯންގެ މަންމަ އޭނާ ބެލީ އެކަނިވެރި މަންމައެއްގެ ގޮތުގައެވެ. ބައްޕަ މުއްސަންޖަސް، އާއިލާ ދޫކޮށް ދިޔުމުން، މަންމަ ޖެހުނީ މަސައްކަތަށް ނުކުންނާށެވެ. މަންމަ ބަލި ވުމުން، ކޮންމެވެސް ގޮތަކުން ކާއެއްޗެއް ހޯދަން ނުކުންނަނީ ޖޯންއެވެ.

އާއިލާގެ ހަ ކުދިން ތިބޭއިރު، ޖޯން އަކީ ފަސްވަނައެވެ. އޭނާ ބުނީ މަގުމައްޗަށް ނުކުމެ، ވައްކަން ކުރަން ފެށުނީ ފަގީރު ކަމުން، އޭރު އެހެން ގޮތެއް ނުފެނިގެން ކަަމަށެވެ.

ޖޯން ބުނީ އޭނާ ކުޑައިިރު، އެކި ގޭންގުތަކާއެކު އުޅުނުއިރު، އެމީހުން އޭނާ ލައްވާ ގޭގެއިން ވައްކަން ކުރުވި ކަމަށެވެ. އެގޮތުން ބައެއް ފަހަރު ގޭގެއަށް ދޮރު ހަލާކު ކޮށްގެން ވަދެފައި ހުންނާނެ ކަމަށްވެސް ކިޔައިދިނެވެ.

ފުޓްބޯޅައިގެ ދުނިޔެއަަށް އޭނާއަށް ވަދެވުނީ 2010 ވަަނަ އަހަރު، ސްޓްރީޓް ޗައިލްޑް ޔުނައިޓެޑު ވޯލްޑްކަޕުގައި ކުޅުމަށް ލިބުނު ފުރުސަތާއެކުގައެެވެ.

ޖޯން ބުނީ އޭނާގެ ވާހަކަ ކިޔައިދޭން ލަދު ނުގަންނަ ކަމަށާއި، އެ ވާހަކަ އަކީ އޭނާ ފަދަ ނިކަމެތި އެހެން ކުދިންނަށް ހިތްވަރަކަށް ވެގެންދާނެ ކަަމަށް އުއްމީދު ކުރާ ކަމަށެވެ.

ވިޔަފާރިވެރީގައި ކުރިއަށްދާން އުއްމީދު ކުރާ ޖޯންގެ އަމިއްލަ ހެދުން ބްރޭންޑެއްވެސް މިހާރު އޮވެއެވެ. އޭނާ ބުނީ އެކްޓް ކުރުމަކީވެސް ވަރަށް ޝައުގުވެރިވާ ކަމެއް ކަމުގައެވެ.