ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަަދު ދެއްވި ރިޔާސީ ބަޔާނަކީ އުއްމީދުން ފުރިގެންވާ އެހާމެ ތަފްސީލީ ބަޔާނެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި، އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ވައުދުފުޅުތައް ފުއްދަވާނެކަމުގެ ޔަގީންކަން އަރުވައި، މި ސަރުކާރުން އަބަދުވެސް ވާނީ ރައްޔިތުންނާ އެކުގައި ކަމަށް ވިދާޅުވިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދުގެ ރިޔާސީ ބަޔާނުގައިވާ ކަންކަން ހާސިލްކުރުމަށް ސަރުކާރާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރެވިއްޖެނަމަ މިކަންކަމުގައި ވަރަށް ފުރިހަމަކަމާއެކީ ކުލަޖެހިގެން ދާނެކަން ޔަގީން ކުރައްވާ ކަމަށެވެ.

އަދި އުއްމީދަކީ އިންގިލާބީ އަހަރަކަށް މިއަހަރު ވެގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.