ހދ.މަކުނުދޫގެ ސްވިމިން ޓްރެކްގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ، ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ފުރިހަމަކުރުމުގެ އަމާޒެއް ސަރުކާރުން ކަނޑައަޅާފައިވާއިރު، މި ސްވިމިން ޓްރެކަކީ އެ އަމާޒު ހާސިލު ކުރުމުގެ މަސައްކަތުގެ ދަށުން، މަކުނުދޫގައި ގާއިމްކުރާކުރެވުނު މުހިންމު ކުޅިވަރު ވަސީލަތެއް ކަމަށެވެ.

އަދި މި މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމާލެވުނީ ސްވިމިން އެސޯސިއޭޝަން އާއި މަކުނުދޫ ކައުންސިލާއި، މަކުނުދޫގެ އެންމެހާ މުވައްސަސާތަކުގެ އިތުރުން މަކުނުދޫ ރައްޔިތުން ދެއްވި އެއްބާރުލުމާއި، އެހީތެރިކަމާއެކުގައިކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ހުއްޓިފައިވާ ކުޅިވަރު މަޝްރޫއުތައް ފުރިހަމަކުރުމުގެ ޕްރޮގްރާމުގެ ތެރެއިން، ކ.ގުރައިދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނިންމާ ރަސްމީކޮށް، ދާދި ފަހުން ވަނީ ހުޅުވައިފައެވެ.