މާލޭގެ ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ މ. ހައުސްޕްލާޒާ ގޭގައި ކަމަށެވެ.
އެ ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:35 ހާއިރު ލިބުމާ އެކު އެމްއެންޑީއެފްގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު 07:47 ގައި ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
ފަޅުގެއެއްގެ ގޮތުގައި ހުންނަތާ ގިނަދުވަސް ތަކެެއްވެފައިވާ އެ ގޭގައި އަލިފާން ރޯވީ ގޭގައި ހުރި ކުނިތަކެއްގައިކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

