މިސްކިތްތަކަށް އެހީވާ ”ވަގްފު ފަންޑަށް“ އުރީދޫގެ އެމް-ފައިސާ ހިދުމަތް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

Ads by Asuru

މިސްކިތްތަކަށް އެހީވާ ވަގްފު ފަންޑަށް އެހީދޭން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ވެވޭ ފަހުމުނާމާގައި ވަނީ ސޮއިކޮށްފައެވެ.

އުރީދޫން ބުނީ އިސްލާމިކް މިނިސްޓްރީން ބުނީ އުރީދޫ މޯލްޑިވްސްއާއެކު މިވެވުނު އެއްބަސްވުމުގެ ދަށުން، މިސްކިތްތަކަށް އެހީވާ ވަގްފު ފަންޑަށް އެހީދޭން ބޭނުންވާ ހުރިހާ ފަރާތްތަކަށް ކިއު.އާރް ކޯޑެއް މެދުވެރިކޮށް އުރީދޫގެ އެމް-ފައިސާ އެޕްލިކޭޝަނުން، މިނިސްޓްރީގެ ”މިސްކިތްތަކަށް އެހީވާ ވަގްފު ފަންޑު“ އަށް ފައިސާ ހަދިޔާކުރެވޭނެ ކަމަށެވެ.

އުރީދޫ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަގްފު ފަންޑަށް ފައިސާ ހަދިޔާކުރެވޭނެ އިންތިޒާމު ރަސްމީކޮށް ފެށުމުގެ ގޮތުން، އުރީދޫން އެ މިނިސްޓްރީއާއެކު ވަނީ ކ. ހިންމަފުށީ މަސްޖިދު އިނާރާގައި މައުލޫމާތު ބޯޑު ހަރުކޮށްދެއްވާފައެވެ.

މި ބޯޑު ހަރުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އާއި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީއެވެ.

އުރީދޫ އެމްފައިސާ އެޕްލިކޭޝަނުން މިސްކިތްތަކަށް އެހީވާ ވަގްފު ފަންޑަށް ފައިސާ ހަދިޔާކުރާނެ ގޮތް އަންގައިދޭ މައުލޫމާތު ބޯޑުތައް މިސްކިތްތަކުގައި ހަރުކުރެވިފައި ހުންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މި މައުލޫމާތު ތަފާތު އެކި މީޑިއާ ޕްލެޓް ފޯމުތަކުންވެސް ކުރިއަށް އޮތްތަނުގައި ލިބެން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ފަންޑަކީ މިސްކިތްތަކަށް ބޭނުންވާ އެކިއެކި ކަންކަމަށް ފައިސާ ހަދިޔާ ކުރެވޭނެ މަގު އާންމުންނަށް ފަހިކޮށްދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އުފައްދާފައިވާ ފަންޑެކެވެ.