ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ލުބްނާނުގެ އައު ބޮޑުވަޒީރު، ނަވާފް ސަލާމަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ލުބްނާނުގެ އައު ބޮޑުވަޒީރަށް ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެ މަނިކުފާނުގެ ޒައާމަތުގައި ލުބުނާނަށް ކުރިއެރުން ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި ވިދާޅުވެފައި ވެއެވެ.
އަދި އިސްލާމީ އަސްލުތަކާއި ދެ ގައުމުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ދެގައުމުގެ ގާތް އުހުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައިސް ފޮނުއްވި މެސެޖުގައި، ބޮޑުވަޒީރުގެ ހިންގުންތެރިކަމާއި ހިކުމަތްތެރިކަމުގެ ދަށުން، އެ މަނިކުފާނުގެ ބޮޑުވަޒީރު ކަމުގެ ދައުރުގައި ލުބުނާނުގެ ރައްޔިތުންނަށް ސުލްހައާއި ފާގަތިކަން ހޯއްދަވައި ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށް ވިދާޅުވެފައެވެ.

