ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރީ ކުރަމުން ދިޔަ ބިދޭސީ އަންހެނަކާއި އޭނާގެ އެޖެންޓު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ދެ މީހުން ހައްޔަރުކުރީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރީ، އިންޑިއާގެ ގީތާ ކުމަރަސާމީ (39އ) އާއި ނޭޕާލްގެ ޗަތްރާ ބަހަދުރް ވާޖީ (52އ) އެވެ.

އެ މައްސަލަ ތަހުގީގުކުރުމަށްފަހު، ބިދޭސީ އަންހެން ޑީޕޯޓްކޮށްފައިވާއިރު އޭނާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ޗަތްރާ ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.