ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ) ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

މެޒޯ މޯޑު ނިޔާވިއިރު، އޭނާގެ އުމުރަކީ 60 އެވެ.

އޭނާ ނިޔާވުމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

ގިނަ އަމިއްލަ ރާގުތަކެއް އުފެއްދި މެޒޯ އަކީ ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕައެވެ.