ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަހީމް އަބްދުالله، އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔާ ސަބާގެ ޗެއަރމަން ހިޒް އެކްސެލެންސީ ޝްރީ ޖަގްދީޕް ދަންކަރްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި، ރާއްޖެއާއި އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައި ދެ ގާނޫނު ހަދާ މަޖިލީހުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއިން ރާއްޖެއަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައި، ރާއްޖެ-އިންޑިއާ ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނަށާއި، ދިވެހި ވަފުދަށް މަރުހަބާ ވިދާޅުވިއެވެ.
އަދި ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުން ދެމެހެއްޓުމަށާއި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާކަމުގައި ވިދާޅުވިއެވެ.

