ސަރުކާރުން ރައްޔިތުންނަށްޓަކައި މާލެ ސަރަހައްދުގައި ޓެކްސީ ލައިންއެއް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބައެއް ސަރަހައްދުތަކަށް ޓެކްސީ ނުލިބޭ ޝަކުވާ ބޮޑު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ސަރުކާރުގެ އީވީ ޓެކްސީ ލައިންގެ ހިދުމަތް ތައާރަފު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އަމީންގެ ވާހަކައިގައި ހިއްސާ ކުރައްވައިފައި ވަނީ އަމިއްލަ ފަަރާާތްތަކުންދޭ ޓެކްސީ ހިދުމަތާމެދު ރައްޔިތުންގެ ހުރި ބައެއް ޝަކުވާތަކެވެ.

އެގޮތުން ޓެކްސީތަކުގެ ހިދުމަތުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ލިބޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައެއް ޑްރައިވަރުން މާލެ-ހުޅުމާލެ ނުވަތަ އެއާޕޯޓަށް އެކަނި ދަތުރު ކުރަން ބޭނުންވާކަމުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު މީސްމީޑިއާގައި ކުރެއެވެ.

މާލެ ތެރެއިން ޓެކްސީ ދަތުރެއް ހޯދުމަކީ ދަތި އުނދަގޫ ކަމެއް ކަމުގައި ގިނަ ރައްޔިތުން ފާހަގަކުރެއެވެ.

މި މައްސަލައަށް އިޝާރާތް ކުރައްވައި އަމީން ވިދާޅުވީ، ބައެއް ސަރަހައްދުތަކަށް ދިޔުމަށް ޓެކްސީ ހޯދަން އުނދަގޫވާކަމުގެ ޝަކުވާ ޓްރާންސްޕޯޓް މިނިސްޓްރީ އަށް ލިބޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ރައްޔިތުންނަށް ރަނގަޅު ފެންވަރުގައި ޓެކްސީގެ ހިދުމަތް ލިބިދިނުމަށް މަގުފަހި ކުރުމަށް ސަރުކާރުން ޓެކްސީލައިންތައް އުފައްދާ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ޑްރައިވަރުންނަށް އާމްދަނީ ހޯދަން ދަތި ނުވާނެ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެއެވެ.

ސަރުކާރުން ޓެކްސީގެ ހިދުމަތް މި އަހަރު މެދުތެރޭގައި ފަށަނީ، މަސައްކަތް އެމްޓީީސީސީއަށް

ސަރުކާރުން ޓެކްސީގެ ހިދުމަތް ދޭން ފެށުމުން، ފުލް ޓައިމް، އަދި ޕާޓް ޓައިމްކޮށް ވެސް ޓެކްސީ ކުރުމުގެ ފުރުސަތު ޑްރައިވަރުންނަށް ލިބިގެންދާނެއެވެ.