ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ހަމްދީ އަގީލް އެ މަގާމުން ވަކިކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ހަމްދީ އަގީލް މަގާމުން ވަކިކުރެއްވީ މިއަދުއެވެ.

އޭނާ އެ މަގާމުން ވަކި ކުރެއްވި ސަބަބެއް އަދި ނޭނގެއެވެ.

ޕީސީބީގެ ބޯޑުގެ ރައީސަކަށް ހަމްދީ އައްޔަންކުރެއްވީ 2023 ވަނަ އަހަރު ނޮވެމްބަރު 22 ވަނަ ދުވަހުއެވެ.

ޕީސީބީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމުގެ އިތުރުން، އެ ކުންފުނިތަކުގެ އިސްވެރިން ވަކިކުރުމާއި އައްޔަންކުރުމުގެ ބާރު ލިބިގެންވާ މުހިންމު އިދާރާއެކެވެ.