މި ސެޝަންގައި ބަންގްލަދޭޝް ސަރުކާރުގެ ޗީފް އެޑްވައިޒަރު ހިޒް އެކްސެލެންސީ މުހައްމަދު ޔޫނުސް ވަނީ ސެޝަންގެ ބައިވެރިންނާ، މުހާތިބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ހިޒް އެކްސެލެންސީ މުހައްމަދު ޔޫނުސްގެ ވާހަކަފުޅުގައި، ދުނިޔޭގެ ސިޔާސީ ކަންކަމާ ގުޅުންހުރި ތަފާތު ގޮންޖެހުންތަކާއި، ބަންގްލަދޭޝްގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމުގެ މުހިންމުކަމާއި، އާ ސަރުކާރުން ބަންގްލަދޭޝްގެ އިގްތިސާދު އާރާސްތުކުރުމަށް ބޭނުންވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ މޮޅު ވަޒީރަކަށް ހޮވިވަޑައިގެންނެވި ފަރާތަށް އިނާމު ދެއްވީ ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަހްތޫމްއެވެ.
މި އެވޯޑަކީ ޕަބްލިކް ސެކްޓަރގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވައި، އިސްލާހުތައް ތަންފީޒު ކުރުމުގައި ކާމިޔާބީ ހާސިލުކުރައްވާފައިވާ، ސަރުކާރުގެ ވެރިންނަށާއި ހިދުމަތްފޯރުކޮށްދޭ ފަރާތްތަކަށް ހިތްވަރުދީ، ސަރުކާރުގެ ވަޒީރުންގެ އަގުވަޒަންކުރުމަށްދެވޭ އިނާމެކެވެ.
މި ރަސްމިއްޔާތުގައި ”ގްލޯބަލް ޓީޗަރ ޕްރައިޒް 2025“ އެވޯޑް ހަވާލުކުރުން ވެސް ކުރިއަށް ދިޔައެވެ.
މި ރަސްމިއްޔާތުގައި މި އިނާމް ހަވާލުކޮށްދެއްވީވެސް އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްއެވެ.
މިއީ 2015 ވަނަ އަހަރުން ފެށިގެން ގްލޯބަލް މޫވްމަންޓުން ދެމުން އަންނަ އެވޯޑެކެވެ.

