ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރަސްމީ ދަތުރުފުޅެއްގައި އޮމާނަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި މިނިސްޓަރު ހަލީލް އޮމާނަށް ވަޑައިގަންނަވައިފައި ވަނީ، އަށް ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިނިސްޓަރ ހަލީލް މިހާރު ހުންނެވީ އޮމާންގެ މުސްކަޓްގައެވެ.
ހަލީލް ވިދާޅުވީ އެމަނިކުފާނު އެ ގައުމަށް ވަޑައިގަތުމުން އޮމާން ސަރުކާރުން ދެއްވި ހޫނު މަރުހަބާއާއި މެހްމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
އަދި އެ ގައުމުގެ އިސްވެރިންނާއެކު ބޭއްވޭ އުފެއްދުންތެރި މަޝްވަރާތަކުގައި ބައިވެރިވެ، ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

