ޗައިނާގެ އޯޝަނޮލޮޖީ އިންސްޓިޓިއުޓާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ ދެމެދު ޓެކްނޮލޮޖީގެ ދާއިރާ އިން އެއްބާރުލުމުގެ އެެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ތިމާވެށި ރައްކާތެރިކުރުމާއި ކަނޑުގެ ދިރާސާތަކުގައި ޓެކްނޮލޮޖީގެ ރޮނގުން އެއްބާރުލުން ދޭން ހަމަޖެހިފައިވެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، މި އެއްބަސްވުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވެށި ދިރާސާކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް އީޕީއޭ އިން ބުންޏެވެ.