މިފްކޯއިން އެ ކުންފުނީގެ މެނޭޖުމެންޓުގެ ޕާރފޯމަންސް ރިވިޔުކޮށް، ތިން ޖެނެރަލް މެނޭޖަރުން ވަޒީފާއިން ވަކިކޮށްފިއެވެ.

މިފްކޯ އިން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެންވެސް ބޮޑަށް ހަރުދަނާ ކުރުމަށް މިހާރު ކުރިޔަށްދާ އިސްލާހީ އެޖެންޑާގެ ދަށުން މެނޭޖުމެންޓު ޕާރފޯމަންސް ރިވިއުކޮށް ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް މިހާރު ދަނީ ގެންނަމުން ކަމަށެވެ.

”މި އެޖެންޑާގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން.“ މިފްކޯއިން ބުންޏެވެ.

މިފްކޯ އެފިޝަންސީ އެކްސަސައިޒް ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އެ ކުންފުނިން ކުރިން ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސް ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކީ މިފްކޯއިން އަޅާ އެއްވެސް ފިޔަވަޅެއްގެ އަސަރު އެ ކުންފުނީގެ އާދައިގެ މުވައްޒަފުންނަށް ނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

 

 

.