ރާއްޖޭގެ އިގްތިސާދަށް މި އަހަރު އިގްތިސާދަށް %6.4 ގެ ކުރިއެރުމެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ އިގްތިސާދު ކުރިއަރަމުން ނުދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އިގްތިސާދު ދަނީ ކުރިއަރަމުން ކަމަށެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖަނަވަރީ މަހު ބަލައިގަނެފައިވާ ޖުމުލަ އާމްދަނީއަކީ 3.34 ބިލިއަން ރުފިޔާއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 7.7 އިންސައްތަ ދަށް އަދަދެކެވެ.