ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހަދަން ބަޔަކާ ހަވާލުކޮށްފިއެވެ.

މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން އިއްޔެ މި މަސައްކަތް ހަވާލުކުރީ މެޑްޓެކްއާއެވެ.

ތިން މަސް ދުވަސް ތެރޭގައި މި މަޝްރޫއު ނިންމާ ގޮތަށް މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.

މެޑްޓެކްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން އަހުމަދު ހައިކަލްއެވެ.

މި އެއްބަސްވުމުގެ ދަށުން ޑައިލިސިސް ސެންޓަރު ހަދަން މެޑްޓެކަށް ސަރުކާރުން އެއްވެސް ފައިސާއެއް ނުދޭނެއެވެ.

އޭގެ ބަދަލުގައި، މެޑްޓެކަށް ދޭނީ މެޝިނަރީޒް ހިންގަން ބޭނުންކުރާ ރީއެޖެންޓު ގަންނާށެވެ.

ހުޅުމާލޭ ހޮސްޕިޓަލްފައި އާ ހިދުމަތްތައް ތައާރަފުކޮށްފައިވާއިރު، އެތަން ހިންގަމުން އަންނަ ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.