ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ދެ ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދުމަށް ހުއްޓުމެއްނެތި ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ މާލޭގައި ހިންގަމުންދާ ފަސް ކުދި މާރުކޭޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން، ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ދެ ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ.
ބިދޭސީންގެ މައްސަލަތައް ބެލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިމިގްރޭޝަނުން މި މަހުގެ 12 ވަނަ ދުވަހު ވަނީ، ހުޅުމާލޭގައި ހުންނަ ފަސް ސެލޫނަކާއި އެއް ފަހާތަަން ބަލައި ފާސްކޮށްފައެވެ.
އިމިގްރޭޝަނުން ބުނީ، އޭގެތެރެއިން ފަހާތަނުގައި ހުރީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ މީހެއް ކަމުން، އެ މީހާ ވަނީ މިހާރު އިމިގްރޭޝަންގެބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ.

