ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަމްޖަދު މުސްތަފާ ހަމަޖައްސަވައިފިއެވެ.
މި މަގާމަށް ކުރިމަތިލުމަށް ޑީޖޭއޭ އިން މިދިޔަ ސެޕްޓެމްބަރު 17 ވަނަ ދުވަހު ހުޅުވާލީ އޭރު މި މަގާމުގައި ހުންނެވި އައިޝަތު ރިޒްނާގެ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފެށުމުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަމްޖަދު މީގެ ކުރިން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވައިފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބް ރައީސް ކަމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރު ކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ބޭފުޅަކު ހޮވަނީ ފަސް އަހަރުގެ މުއްދަތަށެވެ.

